8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނުތައް ފަށައިފި
ސަން
28 ޖެނުއަރީ 2026 | ބުދަ | 11:28
ޖުމްލަ 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި ފަހަރުގެ އޯލެވެލް އިމްތިހާނު މާލެ ސަރަހައްދުގައި 21 ސެންްޓަރެއްގައި ކުރިއަށްދާ ކަމަށެވެ. އަދި އަތޮޅުތެރޭގެ 246 ސެންޓަރެއްގައި ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ޖުމަލަ 267 ސެންޓަރެއްގައި މިފަހަރުގެ އޯލެވެލް އިމްތިހާނު ހަދައެވެ.
މި ސެންޓަރުތަކުގައި ޖުމްލަ 8،218 ދަރިވަރުން ސާނަވީ ނިންމާ އިމްތިހާނުތައް ހަދާނެއެވެ. މި އަހަރުގެ އޯލެވެލް އިމްތިހާނުތައް އޮންނާނީ މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.