އުގައިލް ކިޔައިދެއްވީ، ކާމިޔާބު ދަރިވަރަކަށް ވާން އަމަލު ކުރަންވީ ގޮތް!
ސަން
28 ޖެނުއަރީ 2026 | ބުދަ | 1:40
ތައުލީމީ ހަޔާތް ދަރިވަރުން ފަށަނީ ބޮޑެތި އުންމީދުތަކާ އެކީީގައެވެ. އެ އުންމީދުތަކުގައި ކުލަ ޖައްސަން ކުރަން ޖެހެނީ، އެކި ފަހަރަށް އެކި ކަންކަމެވެ. ފުރާވަރު ނުވަތަ ސާނަވީ ތައުލީމަށް ފެށުމުން ކާމިޔާބު ދަރިވަރުންނަށް ވުމުގެ އުންމީދު އާކުރެއެވެ. އެ މަރުހަލާގައި އެ ފޮނި އުންމީދުގައި ކުލަ ޖައްސަން އެތައް އުނދަގޫތަކާއި ހުރަސްތައް ކަޑަތު ކުރަން ޖެހެއެވެ.
ދުވަހުގެ ތާވަލުގައި ވެސް އެތައް ކަމެއް ކުރަން ޖެހެއެވެ. ފިލާވަޅުތައް ނިންމައި، ދަސްކުރުމެވެ. ޓިއުޝަން ކުލާހާއި އިތުރު ގަޑިތަކެވެ. މިހެން ގޮސް އެތައް ކަމެކެވެ. ގިނަ ފަހަރަށް ވަގުތު އޮންނަނީ މަދުވެފައެވެ.
ޕްރޮފެސަރު އުގައިލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ