ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށު މީހުންގެ ދަފްތަރެއް ށ. ފޭދޫއިން އެކުލަވައިލަނީ
ސަން
28 ޖެނުއަރީ 2026 | ބުދަ | 12:14
ށ. ފޭދޫ ރައްވެހިންގެ ތެރެއިން އެކި ބޭނުންތަކަށް ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ މީހުންގެ މައުލޫމާތު އެއްކޮށް، ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ.
ފޭދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ރައްވެހިން ދިރިއުޅޭ ތަންތަނާއި، އެ ފަރާތްތަކުގެ ތަފާސްހިސާބު ދެނެގަތުން ކަމަށެވެ. މިގޮތުން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމާއި، ދިރިއުޅެމުންދާ މުއްދަތު ކައުންސިލުން ކަނޑައަޅާނީ އެ އިދާރާއަށް ހުށަހަޅާ ރަސްމީ ލިޔެކިޔުންތަކަށް ބެލުމަށްފަހުގައި ކަމަށް ބުންޏެވެ.
ރަށުން ބޭރުގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ: