ނަރުހުންނަށް ލައިސެންސް ދޫކުރުމުގައި ބަދަލެއް
ސަން
28 ޖެނުއަރީ 2026 | ބުދަ | 1:13
އަންނަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަރުހުންނަށް ލައިސެންސް ދޫކުރުމުގައި އައު ބަދަލެއް ގެނެސްފައި ވާކަމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، އެ ކައުންސިލުގައި ދިވެހި ނަރުހުން އަލަށް ރަޖިސްޓްރީވުމަށް ކޯސް ނިންމިކަމުގެ ލިއުން ހުށަހަޅަމުންދާއިރު، ކޮލިފިކޭޝަން ސެޓްފިކެޓް ހުށަނާޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ކޯސް ނިންމިކަމުގެ ލިޔުމަށް ބިނާކޮށް ދާއިމީ ރަޖިސްޓްރޭޝަނަކާއެކު ޕްރޮވިޝަނަލް ލައިސަންސެއް ދޫކުރި ނަމަވެސް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުސޫލަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.