ބައި ކިލޯގެ މަސްތުވާތަކެތި ހޯދީ ސިފައިންގެ ފްލެޓެއްގެ ތެރެއިން!
ސަން
28 ޖެނުއަރީ 2026 | ބުދަ | 1:29
އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ބައި ކިލޯ ޑްރަގާއެކު ޒުވާނަކު، ހައްޔަރުކުރިއިރު އެ ޑްރަގް ހޯދީ އޭނާ ދިރިއުޅެމުން އަންނަ ސިފްކޯ ފްލެޓުން ކަން އެނގިއްޖެއެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހުޅުމާލެ ސިފްކޯހިޔާ 0801 ބީ، މާލެ، އުމުރުން 22 އަހަރުގެ އިބްރާހީމް ޢަމްރު ތައުފީގެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.