ހުރިހާ ރަށެއްގައި ލެބް ގާއިމުކުރުން: 60 ޓެކްނީޝަނުން ހޯދަނީ، މުސާރައަށް 12،910 ރުފިޔާ
ސަން
28 ޖެނުއަރީ 2026 | ބުދަ | 1:44
މި އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކުރާނެކަން ސަރުކާރުން އިއުލާންކޮށްފައި ވަނިކޮށް، 60 ލެބް ޓެކްނީޝަނުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ، އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ ލެބް ޓެކްނީޝަނުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީން 60 ލެބް ޓެކްނީޝަނުން ހޯދަމުން އަންނައިރު، އަސާސީ މުސާރައަކީ 5،610 ރުފިޔާއެވެ. އަދި ސާވިސް އެލަވަންސްއަށް 2،500 ރުފިޔާ، އެކޮމޮޑޭޝަން އެލަވަންސަށް 3،000 ރުފިޔާއާއި ފުޑް އެލަވަންސަށް 1،800 ރުފިޔާ ކަނޑައަޅައިފައިވެއެވެ.