މާލޭ މަގުތަކަށް ކުނި އަޅާތީ 12،000އަށްވުރެ ގިނަ ޝަކުވާ މިދިޔަ އަހަރު ހުށަހެޅި

ސަން

28 ޖެނުއަރީ 2026 | ބުދަ | 2:11

މާލެ ސިޓީގެ މަގުތަކާއި، ގޯޅިތަކާއި ހުސްބިންތަކަށް ކުނި އެޅުމުގެ 12,652 މައްސަލައަކަށް މިދިޔަ އަހަރު މާލެ ސިޓީ ކައުންސިލުން އެޓެންޑްވެފައިވާކަަމަށް އެ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން 31 ޑިސެމްބަރުގެ ނިޔަލަށް ޖުމްލަ 31,131 މައްސަލައަކަށް އެ ޔުނިޓުން ވަނީ ޖަވާބުދާރީވެފައެވެ. މީގެ ތެރެއިން 29,350 މައްސަލަ އެއްކޮށް ނިންމާފައިވާއިރު، މައްސަލައިގެ ބާވަތުން އިތުރަށް ފޮލޯއަޕް ހަދަންޖެހޭ 1,781 މައްސަލައެއް ހިމެނެއެވެ. އަދި ގަވާއިދާ ހިލާފުވި 874 ފަރާތަކަށް ނަސޭހަތް ދީފައިވާއިރު، 483 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކައުންސިލުން އެންމެ ގިނައިން އެޓެންޑްވެފައިވަނީ ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން މަގުތަކާއި، ގޯޅިތަކާއި ހުސްބިންތަކަށް ކުނި އެޅުމުގެ 12,652 ޝަކުވާއަށް އެޓެންޑުވިއެވެ.

މައުޟޫޢުތަށް