ކައުންސިލަށް ކުރިމަތިލާން ދުވަސް އިތުރުނުކޮށް، އިތުރުކުރީ ފޯމް ހުށަހެޅޭނެ ގަޑިތައް
ސަން
28 ޖެނުއަރީ 2026 | ބުދަ | 3:06
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަސް ދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފައި ވަނިކޮށް، އިލެކްޝަންްސް ކޮމިޝަން (އީސީ)ން ފޯމު ހުށަހެޅޭނޭ ގަޑިތައް އިތުރުކޮށްފިއެވެ.
އީސީން ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފައި ވާކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް، ފޯމު ހުށަހެޅޭނެ ގަޑިތައް އިތުރުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.