ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީއާ ގުޅޭ ޝަކުވާތައް ބަލައި، މަރުވެފައިވާ 61 މީހެއްގެ ނަން އުނިކޮށްފި
ސަން
28 ޖެނުއަރީ 2026 | ބުދަ | 4:31
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް އާންމުކޮށް، ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހުޅުވާލައިފިއެވެ.
އެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ފުރަތަމަ އާންމުކުރީ، މި މަހު ހަތެއްގައެވެ. އޭރު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މި މަހު18ގެ 12:00އަށް ފުރުސަތު ދިނެވެ.
މުއްދަތު ހަމަވިއިރު، އެ ލިސްޓަށް 700އަށް ވުރެ ގިނަ މީހުން ޝަކުވާ ހުށަހެޅިއެވެ. އޭގެތެރޭގައި ގިނައީ، އެޑްރެސް ބަދަލު ކުރުމަށް ހުށަހެޅި މީހުން ކަމަށް އޭރު އީސީން ވަނީ ބުނެފައެވެ.