ޓެކްސީ ސެންޓަރު ހެދުން ފަސޭހަކޮށް، ހުއްދަ ނަގައިގެން ޑިޖިޓަލްކޮށް ޓެކްސީ ޚިދުމަތް ދެވޭގޮތް ހަދައިފި

ސަން

28 ޖެނުއަރީ 2026 | ބުދަ | 4:05

ޓެކްސީ ސެންޓަރެއް ހަދާނަމަ ފުރިހަމަވާންޖެހޭ ޝަރުތުތައް ފަސޭހަކޮށް، ހުއްދަ ނަގައިގެން އޮންލައިންކޮށް ވެސް ޚިދުމަތް ދެވޭގޮތަށް ޓެކްސީ ގަވައިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

މިއަދު ގެޒެޓުކުރި އިސްލާހުގައިވާ އެއް ބަދަލަކީ ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށް ޓަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ، މަދު އަދަދު 100 އިން 50 އަށް މަދުކުރުމެވެ.

މިނިސްޓްރީން ބުނީ މީގެ ސަބަބުން އައު ސެންޓަރުތައް އުފެދުމަށް، ހުރި ހުރަސްތައް ނެތި، ގިނަ ބަޔަކަށް މި ދާއިރާއަށް، ވަނުމުގެ ފުރުސަތު ހުޅުވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން މާކެޓުގައި، ވާދަވެރިކަން އުފެދި އާންމުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު، ރަނގަޅުވާނެ ކަމަށް ބެލެވޭކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް