ތިލަފުށީ ސައިޓަކުން ބިދޭސީއަކު ގެއްލިގެން ހޯދާތާ ދެ ދުވަސް ވެއްޖެ
ސަން
28 ޖެނުއަރީ 2026 | ބުދަ | 4:45
ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދާތާ ދެ ދުވަސް ވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިދިޔަ ހޯމަ ދުވަހު ގެއްލިފައިވާ ކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމާއި އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.