މިއަދުން ފެށިގެން ދެއަހަރަށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރަން ނަގާ ފީ 50 ޕަސެންޓަށް ކުޑަކޮށްފި

ސަން

28 ޖެނުއަރީ 2026 | ބުދަ | 5:54

މިއަދުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ، 50 ޕަސެންޓަށް ކުޑަކޮށްފިއެވެ.

ރާއްޖޭގެ ކާބޯތަކެއްޗާ ބެހޭ އިދާރާ, އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގައި އެ އިދާރާއިން ނަގަަމުން އަންނަ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މިއަހަރުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ 50 ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާކަމަށް، އިއުލާނުގައިވެއެވެ.

މައުޟޫޢުތަށް