ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

ސަން

28 ޖެނުއަރީ 2026 | ބުދަ | 6:49

ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާ ހަމައަށް، އެ އަތޮޅުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ދެމުން އައީ މަނަދޫގައި އެކަންޏެވެ. އެހެންކަމުން ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުން، ބަލި މީހުން އުފުލުމުގައި ލުއި ލިބިގެން ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެކަމަށްޓަކައި ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާޠިމަތު މިޒްނާ ޢަލީ ވަނީ، ވެލިދުއަކީ ސަފާރީ ފަދަ އުޅަނދު ބަނުމާއި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވައިފައެވެ.

މައުޟޫޢުތަށް