ޝިޔާމްގެ ރައްދު ޝައުނާއަށް: އިގްތިސޯދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވޭނީ ކަނޑުގެ ވަސީލަތްތައް ދިރާސާކޮށްގެން
ސަން
28 ޖެނުއަރީ 2026 | ބުދަ | 7:37
އިގްތިސޯދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވޭނީ ކަނޑުގެ ވަސީލަތްތައް ދިރާސާކޮށްގެން ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއަށް ރައްދު ދެއްވައިފިއެވެ.
ޝިޔާމް އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އިން ތެލާއި މައުދަން ހޯދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ދިނީ، މުސްތަގުބަލަށް ވިސްނުމެއް ނެތި ކަމަށާއި، އެކަމުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ނެތި ދިޔުމުގެ ބިރު އެބަ އޮތް ކަމަށް ޝައުނާ ވިދާޅުވުމާ ގުޅިގެންނެވެ.
ޝައުނާ އެފަދައިން ވިދާޅުވީ އެސްއީޒެޑްގައި ހިންގޭ މަސައްކަތްތަކަށް ތެލާއި މައުދަން ހޯދުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިތުރުކުރެއްވުމާ ގުޅިގެންނެވެ.