ތިންމަހަށް ބެލިޔަސް ބަޖެޓު ކުޑަ، ރައްޔިތުންގެ ޚިދުމަތްތަކަށް ހުރަސް އެޅޭނެ: ހއ. އަތޮޅު ކައުންސިލު

ސަން

28 ޖެނުއަރީ 2026 | ބުދަ | 9:55

މިހިނގާ 2026ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ހުރަސްއެޅޭނެ ކަމަށާއި، މި ބަޖެޓަކީ ކުރިއަށް އޮތް ތިންމަހަށް ބެލިކަމުގައިވިޔަސް އެކަށީގެންވާ ވަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށް، ހއ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓުގައި ކޮންމެ އަހަރަކު ކައުންސިލުތަކަށް ކަނޑައަޅައިފައި އޮންނަ ބްލޮކް ގްރާންޓް، ނުވަތަ ކައުންސިލްތަކަށް ދޭ މާލީ އެހީގެ ދަށުން ހއ. އަތޮޅު ކައުންސިލަށް މިއަހަރު ދޫކުރީ 2.65 މިލިއަން ރުފިޔާއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިހިނގާ އަހަރަށް ކަނޑައެޅި ބަޖެޓަކީ ކުރިއަށް އޮތް ތިން މަހަށް ބެލިޔަސް، ކައުންސިލް މުވައްޒަަފުންގެ މުސާރައާއި އޮފީސް ހިންގުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް