ތިލަފުށިން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ސަން
28 ޖެނުއަރީ 2026 | ބުދަ | 11:14
ދެ ދުވަސް ފަހުން، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މީޑިއާތަކާ މިއަދު ކުރިން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިދިޔަ ހޯމަ ދުވަހު ގެއްލިފައިވާ ކަމަށް ރިޕޯޓުކުރީ މިއަދު ކަމަށެވެ.
އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.