ކާށިދޫ ފަޅާއި ފަރުމުލީގައި ރިސޯޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 10:54

ކ. ކާށިދޫ ފަޅާއި ނ. ފަރުމުލީގައި ރިސޯޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ކާށިދޫ ފަޅުގައި ރިސޯޓު އަޅަނީ 10 ހެކްޓަރު ހިއްކައިގެންނެވެ. އަދި، ފަރުމުލީގައި 71.18 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ރިސޯޓެއް ހަދާނެ ކަމަށް އިއުލާނުގައިވެއެވެ.

އެ ރަށްތަކުގައި ރިސޯޓު އަޅައިދޭން ޝައުގުވެރިވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މައުޟޫޢުތަށް