790 މިލިއަން ޑޮލަރުގެ ޓައުންޝިޕްގެ ބިންގާ އަޅައިފި: ''ދުނިޔޭގެ ފެންވަރުގެ ތަރައްގީގެ ނަމޫނާއަކަށް ވާނެ''

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 12:41

ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ޓައުންޝިޕް މަޝްރޫއުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މަޝްރޫއުގެ ބިންގާ އަޅައިފައިވަނީ މިކަމަށް ޚާއްސަކޮށް މިއަދު ނ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން ބުނި ގޮތުގައި، ސްޕެޝަލް އިކޮނޮމިކް ޒޯންގެ މި މަޝްރޫއަކީ، އިގުތިސާދީ ގޮތުން ރާއްޖެއަކީ ފުދުންތެރި ގައުމަކަށް ހެދުމަށް ސަރުކާރުގެ ތަސައްވުރުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭ އަދި، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް