މިއަދު ދުރު ފެންނަ ވަރު ދެ ކިލޯ މީޓަރަށް ވުރެ ދަށް، ކުރިއަށް އޮތް ދެ ދުވަހު ވެސް ވައި ނުސާފުވާނެ: މެޓް
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 12:08
ދުރު ފެންނަ މިންވަރު މިއަދު ދެ ކިލޯ މީޓަރަށް ވުރެ ދަށްވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ވެސް ވައި ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން މިއަދު ބުނެފިއެވެ.
މި ދުވަސްވަރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރަމުންނެވެ.
މެޓުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ނުރައްކާތެރި މިންވަރަކަށް މިއަދު މަތިވެފައިވާ ކަމަށެވެ.