"ރާއްޖެއަކީ ވިޔަފާރިއާ ރައްޓެހި އަދި ހަރުދަނާ ގޮތެއްގައި އިންވެސްޓް ކުރެވޭ މާހައުލެއް އޮތް ގައުމެއް"
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 12:55
ރާއްޖެއަކީ ވިޔަފާރިއާ ރައްޓެހި އަދި ހަރުދަނާ ގޮތެއްގައި އިންވެސްޓްމަންޓް ކުރެވޭނެ މާހައުލެއް އޮތް ގައުމެއް ކަމަށް، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއު ހިންގާ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ޕެޓާ ކާސްޓިކް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ވަނީ އެ މަޝްރޫއުގެ ބިންގާ އަޅައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކާސްޓިކް ވިދާޅުވީ މި މަޝްރޫއަކީ ރައީސް މުއިއްޒުގެ ޚާއްސަ ވިޝަންއެއް ކަމަށެވެ. މި މަޝްރޫއުން ވެސް އެނގި ހާމަވަނީ، އެމަނިކުފާނުގެ ވަރުގަދަ ލީޑަޝިޕް ކަމަށާއި، އެކަން ކުރުމަށް އެމަނިކުފާނާއި ރާއްޖޭގެ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ކާސްޓިކް ވިދާޅުވިއެވެ.