ޓައުންޝިޕް ޕްރޮޖެކްޓާއެކު މުޅި ފަތުރުވެރިކަމުގެ ދާއިރާ ބަދަލުކޮށްލާނެ: ސައީދު

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 2:06

މިއަދު ބިންގާ އެޅިގެންދިޔަ އައިލާ މަޝްރޫއާއެކު މުޅި ފަތުރުވެރިކަމުގެ ދާއިރާ ބަދަލުކޮށްލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ ތަރައްގީކުރާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ސައީދު ވަނީ މި މަޝްރޫއަކީ ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި މިއީ ފަތުރުވެރިކަމާއި ދިވެހީންގެ އިގްތިސޯދީ ކުރިއެރުމާ މެދު ވިސްނާލަން ލިބިފައިވާ އިތުރު ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ފަތުރުވެރިަކަމުގެ ދާއިރާގައި މުޅިން އައު ސަފްހާއެއް ހުޅުވައިދޭނެ ދޮރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޝްރޫއާއެކު މުޅި ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ބަދަލުކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މައުޟޫޢުތަށް