އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ޖުލައި މަހު ހުޅުވާލަނީ
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 4:23
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު، މިއަހަރުގެ ޖުލައި މަހު ހުޅުވާލާނެ ކަމަށް އެ އެވޯޑުގެ މަސައްކަތްތައް ކުރުމާ ހަވާލުވެފައިވާ ކްރޯ މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.
މި އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައި ވަނީ ޖުލައި 15ގައެވެ.
މިއަދު މާގިރި ހޮޓެލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވީ މި އެވޯޑަށް ކުރިމަތިލުމަށް މަހެއްހާ ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.