އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާ ބުޅާ ފެސިލިޓީ މާރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 1:50
ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކޮށްފައިވާ ބުޅާ ފެސިލިޓީގެ ބައެއް ތަންތަން މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން އިއުލާނުކުރީ، 'އޮޅުހިޔާ'ގެ ނަމުގައި އިމާރާތްކުރި އެ ފެސިލިޓީގެ އައިސޮލޭޝަން ޔުނިޓާއި ޖެނެރަލް ހޯލްޑިން އޭރިއާއި ފާޚާނާއާއި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
އެ ކަމަށް ޝައުގުވެރިވާ މީހުން މައުލޫމާތު ސާފު ކުރުމަށް އަންނަ މަހު ތިނެއްގައި ދާން ޖެހެނީ، އޮޅުހިޔާއަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮތީ، އަންނަ މަހު ދިހައެއްގައި އެގްރިކަލްޗާ މިނިސްޓްރީ ހިންގާ ސްކައުޓު ބިލްޑިންގުގެ ފަސް ވަނަ ފަންގިފިލާގައެވެ.