އެއް ދުވަސް ތެރޭ އެއްބަސްވުން ހަދައި މަސައްކަތް ފެށި، ވިލުފުށީ އެއާޕޯޓަށް 80 ޕަސެންޓް ބިން ހިއްކައިފި

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 3:27

މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އިން ތ. ވިލުފުށީ އެއާޕޯޓް އެޅުމަށް ހިއްކަން ޖެހޭ ބިމުގެ 80 ޕަސެންޓް ބިން ހިއްކައި ނިންމައިފިއެވެ.

ވިލުފުށީ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 24ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެ ދުވަހު ފެށިއެވެ.

އެމްއޭސީއެލްއިން މިއަދު ބުނި ގޮތުގައި، އެ މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ ނޮވެންބަރު 14 ވަނަ ދުވަހެވެ. އެ މަޝްރޫއަށް ހިއްކަން ޖެހޭ 81 ހެކްޓަރުގެ ބިމުގެ ތެރެއިން، މިހާތަނަށް 65 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ 80 ޕަސެންޓް މަސައްކަތް ނިމުން ކަމަށް އެމްއޭސީއެލްއިން ފާހަގަކުރިއެވެ.

މައުޟޫޢުތަށް