ފުވައްމުލަކު ކައުންސިލަށް ލިބެން ޖެހި ނުލިބި 4.68 މިލިއަން ރުފިޔާ އެބައޮތް: އޮޑިޓް
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 3:50
ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބެން ޖެހި ނުލިބި، 4.68 މިލިއަން ރުފިޔާ އެބައޮތްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ ކައުންސިލަށް ލިބެން ޖެހި ނުލިބިވާ 4،684،351 ރުފިޔާ އެބައޮތްކަން ވަނީ ހާމަވެފައެވެ.
އޮޑިޓުގައި ބުނެފައިވާ ގޮތުގައި ޝެޑިއުލްއާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ އިތުރު ފިޔަވަޅުތައް، އެ ފިޔަވަޅެއް އަޅަންޖެހޭ މަރުހަލާތަކުގައި އަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޑިސެމްބަރު 31، 2024ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 4،387،485 ރުފިޔާ ނުލިބި ހުރިއިރު އެ ފައިސާގެ ތެރެއިން މިދިޔަ އަހަރު ވަނީ 747،714 ރުފިޔާ ލިބިފައެވެ. ބާކީ 3،639،771 ރުފިޔާ ނިމުނު އަހަރުގެ ޑިސެމްބަރު 25 ގެ ނިޔަލަށް ނުލިބިވާ ކަމަށް އޮޑިޓުގައި ބުންޏެވެ.