ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ނިންމައި އެފްއައިޔޫގެ ވެރިޔާ ވަކިކޮށްފި

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 2:54

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުގައި ހުއްޓާ ސަސްޕެންޑުކުރި އިސްމާއިލް ސާޖިދު، މަގާމުން ވަކިކުރަން ނިންމައިފިއެވެ.

ސާޖިދު އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރީ މިދިޔަ އޮގަސްޓު މަހެވެ. ނަމަވެސް މިދިޔަ ޑިސެންބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައި، ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އޭނާ ސަސްޕެންޑުކުރިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެމްއޭގައި އެ މައްސަލަ ބެލި ކޮމިޓީން ވަނީ ސާޖިދު ޖިންސީ ފުރައްސާރަ ކުރި ކަމަށް ސާބިތުވާ ކަމަށް ނިންމައިފައެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން، އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ވެސް އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

މައުޟޫޢުތަށް