ޒުވާން ލަވަކިޔުންތެރިން ހުށަހަޅާ، 'އެކި ރާގު' މިއުޒިކް ޝޯތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 4:44
މަޝްހޫރު ޒުވާން ލަވަކިޔުންތެރިން ހުށަހަޅާ "އެކި ރާގު" މިއުޒިކް ޝޯތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ވުމަށް ޕާފެކްޓް ސެލެބްރޭޝަންސް އާއެކު، މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ، އެސްއެސް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު)އާއި ފާފެކްޓް ސެލެބްރޭޝަންސްގެ ސީއީއޯ އުލްޔާ އަހުމަދެވެ.
މި ޝޯތަކުގެ ކޯޑިނޭޓަރު އަހުމަދު ސަލީމް 'ސަން'އަށް ވިދާޅުވީ، ޝޯތަކުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ޚިޔާރު ކުރީ، އިތުބާރު ހިފޭ ކޮލިޓީ މަސައްކަތްތަކެއް ކުރާ ޓީމެއް ކަމަށްވާތީ ކަމަށެވެ.