ގުރައަކާއި އައިފޯން 17 ޕްރޯ މެކްސްއެއްގެ ވެރިފަރާތް ހޯދަނީ
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 4:53
މާލޭން ފެނުނު ގުރައަކާއި އައިފޯން 17 ޕްރޯ މެކްސްއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ގަލޮޅު ފުލުހުން ކުރި އިއުލާނެއްގައި ވަނީ، އިއްޔެ ސިނަމާލެ 2 ކައިރިން ފެހިކުލައިގެ ގުރައެއް ފެނިފައިވާ ކަމަށެވެ. އެ ދޫނީގެ ވެރިފަރާތުން، 9631696އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ގުޅާއިރު މައްސަލައިގެ އިންސިޑެންޓް ނަންބަރު ކިޔައިދިނުމަށާއި އެއީ '672452' ކަމަށް ފުލުހުން ބުންޏެވެ.
ގަލޮޅުން ހޮވައި، ވެރިއަކު ނުފެނިފައިވާ އިތުރު ތަކެތީގެ ތެރޭގައި، މިދިޔަ ހޮނިހިރު ދުވަހު ޖަމާލުއްދީން ހިނގުމުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން ފެނިފައިވާ ނެސްކެފޭ ބްރޭންޑުގެ 500 ގުރާމުގެ ކޮފީ ޕެކެޓުތަކެއް ހިމެނެއެވެ. އަދި އިއްޔެ ޓެކްސީއަކުން ހޮވައިގެން ގެެނެސްފައިވާ އައިފޯން 17 ޕްރޯ މެކްސްއެއް ވެސް ހިމެނޭއިރު، އެ މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 672515 ކަމަށް ފުލުހުން ބުންޏެވެ.