އަހަރެއްހާ ދުވަސްފަހުން ޑިވެލޮޕްމަންޓް ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދީފި
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 5:29
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ ވައުދުފުޅެއްކަމަށްވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދީފިއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ބުނީ އެ ބޭންކަށް ވިޔަފާރި ފެށުމަށް ޓަކައި ބޭނުންވާ ހުއްދަ، އިއްޔެއިން ފެށިގެން ދޫކޮށްފައިވާ ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ އޮތޯރިޓީއިން ޑީބީއެމްއަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ.