ކުރީ ސަރުކާރުގެ ސްކީމަށް ލީ ފޯމުތައް އިވެލުއޭޓްނުކޮށް، އާ ސްކީމުން ފުލެޓް ދޫނުކުރަން ގޮވާލައިފި

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 6:53

މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކޮށްފައި ނޫނީ، މި ސަރުކާރުގެ ސްކީމްގެ ދަށުން ފުލެޓުތައް ދޫނުކުރުމަށް، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ޔޫނިއަނުން މިއަދު ގޮވާލައިފިއެވެ.

އެ ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ، މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، އެ ފުރުސަތުގައި ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް ކަމަށެވެ.

ޢަލީ ވަނީ، މި ސަރުކާރުން މަސައްކަތްކުރަނީ ފުލެޓު ލިބޭނެ ކަމަށް ކަނޑައެޅި 9،000 މީހުންނާއި ބާކީތިބި 41،000 މީހުން މިހާރު ހިއްކަމުން އަންނަ ރަސްމާލެއަށް ފޮނުވާލަން ކަމަށް ތުހުމަތުކުރައްވައިފައެވެ.

މައުޟޫޢުތަށް