ތެލުގެ ވިޔަފާރީގެ ގުޅުން ދެމެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު މަޝްވަރާކޮށްފި

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 10:36

ތެލުގެ ވިޔަފާރީގެ ދާއިރާއިން ގުޅުން ދަމަހައްޓައި، ތަރައްގީކުރުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އޮމާން ސަރުކާރުގެ މާލީ ވަޒީރުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު މޫސާ ޒަމީރު އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފިނޭންސް މިނިސްޓަރު ސުލްޠާން ބިން ސާލިމް އަލް-ޙަބްސީއާ ބައްދަލުކުރައްވައި، ވިޔަފާރިއާއި ހަކަތައާއި އިގުތިޞާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެގޮތުން، އޮމާނަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެއް ގައުމުކަން ފާހަގަކުރައްވައި، އެ ގުޅުން ދެމެހެއްޓުމާއި ތަރައްގީކުރުމުގެ މުހިއްމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިކަމަށް، ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް