ޖިނާއީ އަދުލުގެ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ބޮޑެތި ވައްކަންކުރާ މީހުންނަށް ހިމާޔަތާއި އިހުތިރާމް ލިބޭ: ޔާމީން
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 11:25
ރާއްޖޭގައި ބޮޑެތި އަދަދުތަކުން ވައްކަންކުރާ މީހުންނަށް ހިމާޔަތްލިބޭ ކަމަށް ވިދާޅުވެ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތީ އެއްކޮށް ކޮރަޕްޓުވެފައި ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ޔާމީންގެ ޕާޓީ ޕީއެންއެފުން ކޮންމެ ހަފުތާއަކު ދެ ފަހަރު ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ކޮންމެ ތަނަކުން ބިންކޮޅެއް، ނުވަތަ ވެލިކޮޅެއް ފެންނަން އޮތިއްޔާ ވައްކަންކުރަނީ ކަމަށާއި، އެއީ މި ގައުމުގެ އަދުގެ ހާލަތު ކަމަށެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޔާމީން ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން ލަދުވެތިވެވަޑައިގަންނަވާ ކަމަށެވެ.