ގަސްގަހާގެއްސަށް ޖެހޭ ބަލިތައް ދެނެގަނެވޭނެ އިންތިޒާމާއެކު، ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ފުވައްމުލަކުގައި ހުޅުވައިފި
ސަން
29 ޖެނުއަރީ 2026 | ބުރާސްފަތި | 11:57
ދަނޑުވެރިކަމުގެ ގައުމީ ލެބޯރެޓަރީ، ރާއްޖޭގައި ތިންވަނައަށް އެންމެ އާބާދީ ބޮޑު ފުވައްމުލަކު ސިޓީގައި މިއަދު ހުޅުވައިފިއެވެ.
މި ލެބޯރެޓަރީ އިފްތިތާހުކޮށްދެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މަރިޔަމް މާރިޔާއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވަނީ މި ލެބޯރެޓަރީއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ކުރިމަތިވާ އެކި ބަލިތައް ދެނެގަނެ، އެ ކަންކަމަށް ޒަމާނީ އަދި އިލްމީ ފަރުވާ ހޯދުމަށާއި، ގަސްގަހާއިގެހި މުޑުވައްކުރުމުގައި އާ ގޮތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ލެބޯޓަރީއެއް ކަމަށެވެ.