ތަޢުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖަޢާކޮށް، ހަރުދަނާކުރަން ޚުތުބާގައި ގޮވާލައިފި
ސަން
30 ޖެނުއަރީ 2026 | ހުކުރު | 1:15
ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކޮށް، ތަޢުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖަޢާކޮށް ހަރުދަނާކުރަން މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ވަށައިޖެހޭ ތަޢުލީމުގެ މަތީގައި އުންމަތް ބިނާކުރާށެވެ!"، މި މައުޟޫއުގެ މައްޗަށެވެ.
ހުކުރު ޚުތުބާގައި ބުނީ, މިއީ އަހަރެމެންގެ ލޮބުވެތި ދަރީން، އައު ޢަޒުމަކާއެކު ދިރާސީ އައު އަހަރުގެ ދަތުރު ފެށި ހަފުތާ ކަމަށެވެ. މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ މަންޒަރުން، އުންމީދުތައް އައުކޮށްދޭ ކަމަށާއި، ދަރީންނަކީ މާތްﷲ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި, މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު ބާބެއްގެ ފެށުން ކަމަށް ޚުތުބާގައި ބުންޏެވެ.