4 އަތޮޅު ގުޅާލުމުން ދެކުނުގެ ފަތުރުވެރިކަމަށް ދިރުން އަންނާނެ: އަމީން

ސަން

30 ޖެނުއަރީ 2026 | ހުކުރު | 4:49

ވައިގެ މަގުން ދެކުނުގެ ހަތަރު އެއާޕޯޓު ގުޅާލުމުން ދެކުނުގެ ފަތުރުވެރިކަމާއި އިގުތިސާދަށް ދިރުން އަންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކުރި ގޮތުގައި ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އެ އެއާލައިންގެ ދަތުރުތަކުން ވަނީ ގުޅާލާފައެވެ. އެ ދަތުރުތައް އަންނަ މަހު ފަށާނެއެވެ.

ދެކުނުގެ ހަތަރު އަތޮޅު ރަސްމީކޮށް ގުޅާލުމުގެ މަޝްރޫއު ފެށީ އައްޑޫ ސިޓީ އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ދިރުން އަންނާނެ ކަމަށެވެ. ޚާއްސަކޮށް ދެކުނުގެ ފަތުރުވެރިކަމަށް ދިރުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް