ވައިގެ މަގުން ދެކުނު ގުޅާލުމުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރެވޭނެ: އިހުސާން
ސަން
30 ޖެނުއަރީ 2026 | ހުކުރު | 8:58
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް މިއަދު ވައިގެ މަގުން ގުޅާލުމަކީ, ފަތުރުވެރިން ގައުމުގައި ހޭދަކުރާ މުއްދަތު އިތުރުކުރަން ލިބުނު ފުރުސަތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ސިޓީއާއި ފުވައްމުލަކާއި ގއ. އަތޮޅާއި ގދ. އަތޮޅު ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތަކުން ގުޅާލާފައެވެ. އެ ދަތުރުތައް އަންނަ މަހު ފަށާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތެއް ދިނުމުން، އެ ޚިދުމަތުން އެ މީހާގެ ހަޔާތަށް ފަސޭހަކަމެއް ގެނުވާނެ ކަމުގެ އިހުސާސް މިހާރު ތިއްބެވި ވެރިންނަށް ވާ ކަމަށާއި، އެއީ މި ސަރުކާރުގެ ތަފާތުކަން ކަމަށެވެ.