ހިޔާ ޓަވަރެއްގައި ރޯވުން: މައި ފާޚާނާ ހޮޅިއަށް ގެއްލުންލިބި، ބައެއް ފުލެޓުތަކުގެ ފާޚާނާ ބޭނުންނުކުރެވޭ
ސަން
30 ޖެނުއަރީ 2026 | ހުކުރު | 10:25
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ މައި ފާޚާނާ ހޮޅިއަށް ގެއްލުންވެ، ބައެއް އެޕާޓްމެންޓުތަކުގެ ފާޚާނާ ބޭނުންނުކުރެވޭ ގޮތް ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.
''ސަން''އަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެ ޓަވަރުގެ ވައިގޮޅިއެއްގެ ތެރޭގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް އެޕާޓްމެންޓަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އަލިފާން ރޯވި ވަގުތު ކަޅު ދުމުގެ އަސަރު ހުރުމުން ދެ އެޕާޓްމެންޓެއްގެ މީހުން ހުސްކުރި ކަމަށް ހިސާން ވިދާޅުވިއެވެ.