މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީތައް ލިބޭ ދައުރަށް ވާނެ: ފަލާހު

ސަން

30 ޖެނުއަރީ 2026 | ހުކުރު | 11:58

މިހާރު ހިނގަމުން މިދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރު ވާނީ، ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީތައް ލިބޭ އަދި އެންމެ ބޮޑު ފައިދާ ގައުމަށް ހޯދައިދޭ ފަސް އަހަރަށް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީން ވަނީ މިރޭ ފުވައްމުލަކު ސިޓީގައި ކެމްޕެއިން އިފުތިތާހުކޮށްފައެވެ.

އެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި، ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އެ ޕާޓީއަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެންމެ ގާބިލް ކެންޑިޑޭޓުން ނެރެފައިވާ ޕާޓީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް