އުތުރުގެ އަތޮޅުތަކަށް ދުރު ފެންނަ މިންވަރު ހަތަރު ކިލޯ މީޓަރުގައި، ވައި ސާފުވާނެ ދުވަހެއް އަދި ނޭނގެ
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 2:34
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދުރުފެންނަ މިންވަރު މިއަދު ހުރީ ހަތަރު ކިލޯ މީޓަރުގައި ކަމަށާއި އެއްކޮށް ވައި ސާފުވާނޭ ދުވަހެއް ނޭނގޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާ ދުވަސްވަރެކެވެ.
ސަން އަށް މައުލޫމާތު ދެމުން މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ދުރުފެންނަ މިންވަރު ހުރީ ހަތަރު ކިލޯ މީޓަރުގައި ކަމަށެވެ. އަދި މެދުރާއްޖެތެރެއަށް ފަސް ކިލޯ މީޓަރުގައި ހުރިއިރު، ދެކުނުގެ ސަރަހައްދުތަކަށް ދުރު ފެންނަ މިންވަރު ހުރީ ފަސް ކިލޯ މީޓަރުން މަތީގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.