ފްރާންސް ދަރިކޮޅަށް ނިސްބަތްވާ، ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި އަބްދުލްޢަޒީޒު ނިޔާވެއްޖެ
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 4:18
ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި، ފްރާންސްގެ ދަރިކޮޅަށް ނިސްބަތްވާ އަބްދުލްޢަޒީޒު އިބްރާހީމް (ދޮންމަނިކުބެ) ނިޔާވެއްޖެއެވެ.
ދޮންމަނިކުބެއަކީ ވަރަށް އާބާދީ މަދު, އދ. ދިއްދޫގައި ފުރަތަމަ ވަޒަންވެރިވި ފްރާންސަށް ނިސްބަތްވާ ޖޯސަޕްގެ، ދޮންތަކުރުގެ، މުޙައްމަދުގެ، އިބްރާހީމްގެ އަބްދުލްޢަޒީޒް އިބްރާހީމެވެ.
އދ. ދިއްދޫ، ބާދޭސަބާ، އަބްދުލްޢަޒީޒު އިބްރާހީމް ނުވަތަ އާންމު ނަމުންނަމަ (ދޮންމަނިކުބެ) ވަނީ ދިވެހި ދައުލަތަށް 39 އަހަރު ޚިދުމަތް ކުރައްވާފައެވެ. މީގެ ތެރޭގައި ދިއްދޫ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަމުގެ އިތުރަށް އޭނާ ވަނީ ދިއްދޫ މަދަރުސާގައި ޤުރުއާން އަދި އިސްލާމް މުދައްރިއްސެއްގެ މަޤާމުވެސް އަދާ ކުރައްވައިފައެވެ.