ހިޔާ ޓަވަރު ހާދިސާ: '38 އެޕާޓުމަންޓުގެ ނަރުދަމާ ހޮޅިއާއި އޭސީ އައުޓްޑޯ ޔުނިޓަށް ގެއްލުންވި، މާރާމާތަށް ހަފުތާއެއް ވާނެ'
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 4:08
އިއްޔެ ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 38 އެޕާޓުމަންޓުގެ ނަރުދަމާއާއި ފެން ހޮޅިއާއި އޭސީ އައުޓްޑޯ ޔުނިޓަށްވި ގެއްލުންތައް މަރާމާތު ކުރުމަށް ހަފުތާއެއް ވާނެ ކަމަށް ބެލެވޭ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކުރީ، އިއްޔެ 18:33 ހާއިރެވެ. އެ ހާދިސާ ހިނގީ، އެ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއާއި 14 ވަނަ ފަންގިފިލައާ ދެމެދުގެ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންވެ، އެ ޓަވަރުގައި ހުންނަ ވައި ގޮޅީގައި ހުރި ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހިޔާ ޓަވަރު ފަހެއްގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު ރިޔާޒް