ޑރ. މުޙައްމަދު ޢަލީގެ އާދޭސް: ފޯއް ވަރަށް ނުރައްކާ, ކެންސަރުން ސަލާމަތްވާން ތިކަން ހުއްޓާލާ
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 5:15
ކައިގެން ނިކުންނަ ގޮތަށް އަގަ މީރުކުރަނީ ފޯއް ކައިގެނެވެ. ނުވަތަ ދުފައިގެނެވެ. މީހަކާ ވާހަކަދައްކަން ރެސްޓޯރަންޓަކަށް ދިޔަޔަސް އެ ވަރެވެ. ގެޔަށް ޒިޔާރަތްކުރާ މެހެމާނަށް ވެސް ގިނަ ފަހަރަށް ދިއްކޮށްލެވޭނީ ދުފާ ތަބަކެވެ. އެއީ، ކޮންމެ ކުރަން މަޖުބޫރު ކަމެއް ފަދައެވެ.
މިއީ، އަހަރެމެން ދިވެހީންގެ މިއަދުގެ މުޖުތަމައުގެ ހާލަތެވެ. އެކަމަކު، ފޯކަކީ ތި ހީކުރާ ވަރަށް ވުރެ ނުރައްކާތެރި އެއްޗެކެވެ. އެ ނުރައްކާތެރި އާދައިން މަގުފަހިވަނީ، ނުރައްކާތެރި ކެންސަރަށެވެ. ޚާއްސަކޮށް، އަނގަޔާއި ގޮހޮރުގެ ކެންސަރު ޖެހޭނެ ޔަގީންކަމަށް ދިރާސާތަކުން ދައްކައެވެ.
://../204696