އައްޑޫ ސްކޫޕް ގްރޫޕް ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފި

ސަން

31 ޖެނުއަރީ 2026 | ހޮނިހިރު | 6:44

އައްޑު އަތޮޅުގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުން އެދި ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.

ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހައިކޯޓަށް ހުށަހެޅީ ޖަނަވަރީ މަހުގެ މެދު ތެރޭގައެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގެންފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި އިތުރު އެހެން އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް އިއުލާނުކުރައްވާފައެވެ.

މައުޟޫޢުތަށް