"ޚަރަދު ބޮޑުވިއަސް، ދެކުނުގެ ރަށްތައް މޯލްޑިވިއަނުން ގުޅައިލުމަކީ ބޮޑު ކުރިއެރުމެއް"
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 6:34
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހަބަކަށް ހަދައިގެން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ފެށި ޓްވިން އޮޓާ އެއާކްރާފްޓް އޮޕަރޭޝަނަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އިއްޔެ ރަސްމީކޮށް ފެށި ދަތުރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ، މިއީ ޚަރަދު ބޮޑު މަސައްކަތެއް ނަމަވެސް، ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަމާއި، ވިޔަފާރި އަދި ސިއްހީ ޚިދުމަތްތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
://./217344