އަދާލަތުގެ ރައީސް ކަމަށް ޝައިޚް ޝިފާން، 99 ޕަސެންޓުން ހޮވިއްޖެ

ސަން

31 ޖެނުއަރީ 2026 | ހޮނިހިރު | 9:06

އަދާލަތު ޕާޓީގެ ރައީސްކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިޚް މުޙައްމަދު ޝިފާން، އަދި ނައިބު ރައީސްކަމަށް ޝައިޚް ޢަބްދުالله ރަޝީދު, 99 ޕަސެންޓު ވޯޓާއެކު އިންތިޚާބުވެއްޖެއެވެ.

މިއަދު ހެނދުނު ނުވަޔަކުން ފެށިގެން މިރޭ އަށެއް ޖަހަންދެން އަދާލަތު ޕާޓީގެ ރައީސާއި ނައިބު ހޮވާ އިންތިޚާބު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕާޓީގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް، ފަހިވޯޓު އެޕްލިކޭޝަން މެދުވެރިކޮށެވެ.

އަދާލަތު ޕާޓީން އާންމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، ޝިފާނާއި ރަޝީދު އިންތިޚާބު ކާމިޔާބުކުރެއްވީ އިންތިޚާބުގައި ވޯޓުލީ މެންބަރުންގެ 99 ޕަސެންޓު ލިބިގެންނެވެ. ޝިފާނާއި ރަޝީދާ ވާދަކުރެއްވި ޑރ. އިކްރާމް ޢަބްދުއްސައްތާރާއި ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި މުޙައްމަދު މުއްޠަލިބަށް ލިބުނީ އެންމެ ޕަސެންޓެކެވެ.

މައުޟޫޢުތަށް