އަދާލަތު ޕާޓީއަށް އައު ރައީސެއް: 8،340 މީހުންނަށް ވޯޓުލެވޭއިރު، ވޯޓުލީ 1،835 މީހުން

ސަން

31 ޖެނުއަރީ 2026 | ހޮނިހިރު | 9:50

އަދާލަތު ޕާޓީގެ އާ ރައީސް ހޮވުމަށް ބޭއްވި އޮންލައިން އިންތިޚާބުގައި ވޯޓުލީ މެންބަރުންގެ އަދަދު ދެ ހާހަށް ވުރެ މަދުކަން، އެ ޕާޓީން އާންމުކުރި އިންތިޚާބުގެ ތަފާސްހިސާބުން ހާމަވެއްޖެއެވެ.

އޮންލައިންކޮށް، ފަހިވޯޓު އެޕްލިކޭޝަން މެދުވެރިކޮށް މިއަދު ހެނދުނު ނުވަޔަކުން ފެށިގެން މިރޭ އަށެއް ޖަހަންދެން ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ އަދާލަތު ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިޚް މުޙައްމަދު ޝިފާނާއި ރަނިން މޭޓު ޝައިޚް ޢަބްދުالله ރަޝީދެވެ.

ޝިފާނަށް 99 ޕަސެންޓު ވޯޓު ލިބުނުއިރު، ޝިފާނާއި ރަޝީދާ ވާދަކުރެއްވި ޑރ. އިކްރާމް ޢަބްދުއްސައްތާރާއި ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި މުޙައްމަދު މުއްޠަލިބަށް ލިބުނީ އެންމެ ޕަސެންޓެކެވެ.

މައުޟޫޢުތަށް