ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެ، ގުދަނަކަށް ބޮޑެތި ގެއްލުން ވެއްޖެ

ސަން

1 ފެބްރުއަރީ 2026 | އާދިއްތަ | 8:53

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގުދަނަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ ހުޅުމާލޭގެ ޗަނބޭލީ5 ގޯޅިތެރޭ ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުނީ މެންދަމު 3:30 ހާއިރު ކަމަށާއި، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިވާލެވުނީ 3:40 ހާއިރު ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް