އިނާޒް އިސްތިއުފާ ދެއްވުމުން ފައްޔާޒް: ރައީސްގެ ސިޔާސަތުގެ ސަބަބުން މިސްރާބު ހުރީ އިގްތިޞާދު ސުންނާފަތިވުމާ ދިމާއަށް!
ސަން
1 ފެބްރުއަރީ 2026 | އާދިއްތަ | 10:30
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަޙްމަދު އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މި ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިނާޒް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުއްވައި، ޑިމޮކްރަސީގެ އުސޫލުތަކަށް ފުރަގަސްދެއްވަމުން ގެންދަވާ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މިސްރާބު ހުރީ އިގްތިޞާދު ސުންނާފަތިވުމާ ދިމާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.