ބޭހާއި ކެމިކަލާއި، ޖަނަވާރު، ރާއްޖެ އެތެރެކުރުން ލުއިފަސޭހަކުރެވޭތޯ ބަލަނީ

ސަން

1 ފެބްރުއަރީ 2026 | އާދިއްތަ | 12:15

ބޭހާއި އެކި ކެމިކަލް ފަދަ ބާވަތްތައް އެތެރެކުރުމަށް ހުއްދަ ދޫކުރުމުގައި ހުރި ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ކަސްޓަމްސް އިން އިއްޔެ މަޝްވަރާކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ، ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތައް ހިމެނޭހެން އެއް ދުވަހުގެ ފޯރަމެއް އިއްޔެ ބޭއްވި ކަމަށެވެ.

ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި މުދާތައް ކްލިއާކުރުމުގައި ހަރަކާތްތެރިވާ އޭޖެންޓުން ހިމެނޭހެން ފަސްދޮޅަކަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ފޯރަމުގައި، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖޭން މުދާ ބޭރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މައުޟޫޢުތަށް