އަދަދު ނޫހުގެ ކާޓޫނު ނަގަން އެންގުން ބާތިލްކޮށްދޭން އެދި އެ ނޫހުން ކޯޓަށް
ސަން
1 ފެބްރުއަރީ 2026 | އާދިއްތަ | 1:14
"އަދަދު" ނޫހުގެ ކާޓޫނުގެ މައްސަލައިގައި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާކަމަށް ބުނެ، އެ ކާޓޫނު ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އަމުރު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް އެ ނޫހުން މައްސަލަ ހުށަހަޅައިފިއެވެ.
އެ ކަން ހާމަކޮށް އެ ނޫހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި އެ ކާޓޫނު ނެގުމަށް ކޮމިޝަނުން އެންގީ އެފަދަ އެންގުމެއް އެންގުމުގެ ގާނޫނީ ބާރު ނެތި، އެއްވެސް އަސާސެއް ނެތް ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަދި މައްސަލައެއް ބަލައި ނިމުމުގެ ކުރިން އެފަދަ ފިޔަވަޅެއް އެޅުމުގެ އިހްތިޞާސް މިދިޔަ އަހަރު ފާސްކުރި ގާނޫނުން ކޮމިޝަނަށް ލިބިދީފައި ނުވާކަމަަށް ދައުވާގައި ފާހަގަކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ.